ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ގދ. ފިޔޯރީ "ހުއްޓޭކޮޑާ" ސަރަހައްދުން 5 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

ދެންނެވުން
ނަންބަރު : (IUL)422-B1/422/2025/30
ޕަބްލިޝްކުރި ތާރީޚު : 21 މޭ 2025
ސުންގަޑި : 12 ޖޫން 2025

ގެސްޓްހައުސް ވިޔަފާރި ހިންގުމަށް ގދ. ފިޔޯރީ "ހުއްޓޭކޮޑާ" ސަރަޙައްދުން 5 ބިން 35 (ތްރީސްފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ދޫ ކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލް ތިރިގައި އެވަނީއެވެ.

ބިމުގެ މައުލޫމާތު:

 # | ޕްލޮޓް ނަންބަރ | އަކަފޫޓް | އެންމެ ކުޑަ ކުލި މަހަކު އަކަފޫޓަކަށް
1 | GH1 | 5109.52 | 50 ލާރި
2 | GH2 | 6056.96 | 50 ލާރި
3 | GH3 | 6806.34 | 50 ލާރި
4 | GH4 | 7438.19 | 50 ލާރި
5 | GH5 | 7925.57 | 50 ލާރި

 ބީލަމަށް ރަޖިސްޓްރީކުރުން | ބިން ކުއްޔަށް ނަގަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 12 ޖޫން 2025 ވާ ބްރާސްފަތި ދުވަހުގެ 14:00ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.ބިޑް ރަޖިސްޓްރީ ކުރެވޭނީ ރަޖިސްޓްރޭޝަނަށް -/5000 (ފަސްހާސް) ރުފިޔާ ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ފަހު ސިލިޕް ރަޖިސްޓްރީ ކުރާ ފޯމްމާއެކު ހުށައެޅުމުންނެވެ. ފައިސާ ޖަމާ ކުރަންޖެހޭ އެކައުން ތިރީގައިއެވަނީއެވެ.އެކައުންޓް ނަން: 1473 ރެވެނިއު 1އެކައުންޓް ނަންބަރު: 7710700308001ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމާއި ސިލިޕް މެއިލް ކުރަށްވާނަމަ،  projects@fiyori.gov.mv     މެއިލް ކުރެއްވުން އެދެމެވެ.މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން | މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10ޖޫން 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާގެ ޕްރޮޖެކްޓް އީމެއިލް އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 11 ޖޫން 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.
ބީލަން ހުށައެޅުން  | ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ  25 ޖޫން 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.ބިޑް ރަޖިސްޓްރީ ކުރަން ހުށައެޅި ފަރާތް ނޫން އެހެން ފަރާތަކުން ބިޑް ހުށައަޅަން ފޮނުވާނަމަ ކުންފުނީގެ ސިޓީއެއް ހުށައަޅަންވާނެއެވެ.

          

     ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

އިތުރު މަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: projects@fiyori.gov.mv

21 މޭ 2025

ހިމަނާފައިވާ ލިޔުންތައް

information sheet ޑައުންލޯޑް
jadhuval ޑައުންލޯޑް
registration form ޑައުންލޯޑް