ދިރާގު އެންޓަނާގެ އިރަށް އޮތްބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުން
ދިރާގު އެންޓަނާގެ އިރަށް އޮތްބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުން
ގދ. ފިޔޯރީ ދިރާގު އެންޓަނާގެ އިރަށް އޮތް ބިމަކީ ދިވެހި ފުލުހުންނަށް ކަނޑައެޅިފައިވާ ބިމެކެވެ. އެހެންކަމުން މި ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ކައުންސިލުން ބޭނުންވެއެވެ. ވީމާ، މި ބިމުގައި ހުރި އެންމެހާ ރުއްގަހުގައި މިއިދާރައިން ވަނީ ރަތް ކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިއެވެ.
ސަރަޙައްދު
ދިރާގު އެންޓަނާގެ އިރަށް އޮތް ބިން
ރުއް | ޖެހިފައިވާ ނަންބަރުތަކުގެ ތަފްސީލު: 1 އިން 65 އަށް
ގަސް | ޖެހިފައިވާ ނަންބަރުތަކުގެ ތަފްސީލު: 1 އިން 4
ވީމާ، މިބިމުގައި ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތުން އެ ބޭފުޅެއްގެ ރުއްގަހުގެ ނަންބަރު އެގޭނެހެން 03 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މި އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ރުއްގަހަށް ބަދަލުދެވޭނީ ޤާނޫން ނަންބަރު 98/21 ގައިވާއެއްގޮތަށް މި އިދާރާގެ ރުއްގަހުގެ ރަޖިސްޓްރީ ކުރެވިފައިވާ ނުވަތަ މިލްކުވެރިކަން ސާބިތުކުރެވިފައިވާ ލިޔުން ހުށައެޅިފައިވާ ފަރާތްތަކަށެވެ.