ކުނި މެނޭޖުކުރުމުގެ ނިޒާމުގައި ބައިވެރިނުވާ ފަރާތްތަކުން ކުނިކޮށްޓަށް ވަނުމަށް ދައްކަންޖެހޭ ގޭޓް ޗާޖާއި ގުޅޭ
ދެންނެވުން
ނަންބަރު :
(IUL)422-B2/422/2025/52
ޕަބްލިޝްކުރި ތާރީޚު :
21 ޑިސެމްބަރު 2025
ސުންގަޑި :
23 ޑިސެމްބަރު 2025
"ގދ. ފިޔޯރީން ކުނިއުކައިލުމާއި ކުނި ނައްތައިލުމާބެހޭ ގަވާއިދު" ގެ ދަށުން ކުނި މެނޭޖުކުރުމުގެ ނިޒާމުގައި ބައިވެރިނުވާ ފަރާތްތަކުން ކުނިކޮށްޓަށް ވަނުމަށް ދައްކަންޖެހޭ ގޭޓް ޗާޖް ނުދައްކާކަން މި އިދާރާއަށް ފާހަގަކުރެވިފައިވާތީ، މިއަދުން ފެށިގެން، ކުނި އުކާލުމަށް ކުނިކޮށްޓަށް ވަންނަ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ އުސޫލުން ގޭޓް ޗާޖް ދައްކަވަން ޖެހޭނެކަން ދަންނަވަމެވެ.
- ކުނިކޮށްޓަށް ވަނުމުގެ ހުއްދަ ދެވޭނީ، ގޭޓް ޗާޖް ދައްކާފައިވާކަމުގެ ރަސީދު ކުނިކޮށީގައި ހުންނަ މުވައްޒަފަށް ދެއްކުމުން، އެ މުވައްޒަފުގެ ހުއްދަ ލިބިގެންނެވެ.
ގޭޓް ޗާޖްގެ ތަފްސީލު:
- ބަރޯ ގާޑިޔާއަކުން ނުވަތަ އަމިއްލައަށް ކުނިކޮށްޓަށް ކުނި އުކާލުން (އުކާލާ ކޮންމެ ފަހަރަކު): 10.00ރ (ދިހަ ރުފިޔާ)
- ބޮޑު ގާޑިޔާ (އުކާލާ ކޮންމެ ފަހަރަކު): 20.00ރ (ވިހި ރުފިޔާ)
- ރަށު ޕިކަޕް (އުކާލާ ކޮންމެ ފަހަރަކު): 25.00ރ (ފަންސަވީސް ރުފިޔާ)
- ބޮޑު ޕިކަޕް (އުކާލާ ކޮންމެ ފަހަރަކު): 50.00ރ (ފަންސާސް ރުފިޔާ)
ގޭޓް ޗާޖް މި އިދާރާގެ އެކައުންޓް ނަންބަރު 7710700308001 ރެވެނިއު-1 އަށް ޖަމާކުރުމަށްފަހު، ރަސީދުގައި ތަފްސީލު ހިމަނައި، 7630831 ނަންބަރު ފޯނަށް ވައިބަރ ކުރުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.