
ގދ. ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
ގދ. ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބް އާއި އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
ފިޔޯރީގައި މިއަދު ހަވީރު 4:30 ގައި ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. މުއްތަލިބް ވިދާޅުވީ ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ޒަމާންތަކެއް ވަންދެން ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށެވެ.
މި މަޝްރޫއަށް އަމަލީ ސިފަ ގެނައުމަށް މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ކައުންސިލްގެ ނާއިބް ރައިސާ އާމިނަތު އައިވީނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
# ގުޅުންހުރި ޚަބަރުތައް
ގުޅުންހުރި ޚަބަރެއް ނެތް